ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާނަން: ރައީސް
15 ނޮވެމްބަރު 2026 - 05:41

ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު މިކަމުގެ ޔަގީންކަން ދެއްވެވީ ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށެވެ.
މިނިވަން، މުސްތަގިއްލު ގައުމެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ކުރަމުންދާ އުއްމީދުތައް ހާސިލްކޮށްދިނުމަށް އެހީތެރިވުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
ފަލަސްތީން ރައްޔިތުންގެ ހައްގުގައި އަދި ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުކޮށްދިނުމަށް ދިވެހިރާއްޖެއިން ގެންދަނީ ބައިނަލްއަގްވާމީ ހުރިހާ މައިދާނެއްގައިވެސް އަޑުއުފުލަމުންނެވެ.
ފަލަސްތީންގެ ބިންތައް ފޭރި، ފަލަސްތީންގެ ކުށެެއް ނެތް އާންމުން ޝަހީދުކޮށް، ނަސްލު ނައްތާލަމުންދާތީ ރައީސް މުއިއްޒުގެ ސަރުކާރުގައި އިޒުރޭލުގެ ޕާސްޕޯޓްގައި އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް ވަނީ ނިންމާފަ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތް 15 ނޮވެމްބަރު 1988 ވަނަ އަހަރު އިއުލާންކުރީ އަލްޖީރިއާގެ ވެރިރަށް އަލްޖިއާސްގައި ބޭއްވި ޕަލަސްތީނިއަން ނޭޝަނަލް ކައުންސިލް (ޕީއެންސީ) ގެ 19 ވަނަ ބައްދަލުވުމުގައި، ޕީއެލްއޯގެ އޭރުގެ ޗެއާމަން ޔާސިރު އަރަފާތު އެވެ.

-01.jpg&w=3840&q=75)
