logo
MPL

MPL

ޚަބަރު

އިހާނެތިކޮށް ހިތުމާއި މީހުން ނުރުހޭ ވަނަންތައް ކިޔުމާ ދުރުހެލިވެ ތިބެން ޖެހޭ: ރައީސް

އައިޝަތު ނަޝާ
15 ނޮވެމްބަރު 2026 - 04:09
އިހާނެތިކޮށް ހިތުމާއި މީހުން ނުރުހޭ ވަނަންތައް ކިޔުމާ ދުރުހެލިވެ ތިބެން ޖެހޭ: ރައީސް

މީހުންނަށް އިހާނެތިކޮށް ހިތުމާއި،މަލާމާތްކުރުމާއި އަދި މީހުން ނުރުހޭފަދަ ވަނަންތައް ކިޔުމުން ދުރުހެލިވެތިބެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރީބަ ބުނުންފަދަ ނުބައި ޢަމަލުތަކާ ކައިރިނުވުމަށް ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. މީގެ އިތުރުން އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވާން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުިވި އެވެ.. އަދި އެންމެންގެ އަމަލުތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ޤައުމަކީ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ މުޖުތަމަޢުއަކަށް ވެގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއް. އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާޔަށް ބޭނުންތެރިވާނެ. އަދި އިޙްތިރާމު ކުރުމުގެ މައުޟޫޢަކީ، އަޅުގަނޑުމެންގެ މުޅި ޙަޔާތާ ގުޅިފައިވާ މައުޟޫޢެއް. އަޅުގަނޑުމެންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށާއި، އޮފީސްތަކާއި މަދަރުސާތަކާއި މިފަދަ އެންމެހާ ތަންތާނުގެ އުފަލަކީ ހިތްތަކަށް ލިބޭ ތަސައްލީއަކީ އިޙްތިރާމުކުރުން ކަމުގައި ހަދަން ޖެހޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ދިވެހީންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުމަށް ގޮވާލައްވާފަ އެވެ. އަދި ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުމަށްވެސް ގޮވާލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާނަން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންއިހާނެތިކޮށް ހިތުމާއި މީހުން ނުރުހޭ ވަނަންތައް ކިޔުމާ ދުރުހެލިވެ ތިބެން ޖެހޭ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންއިހްތިރާމުކޮށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ: ރައީސްޚަބަރު | 13 ގަޑިއިރު ކުރިންއިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކޮށްފިޚަބަރު | 15 ގަޑިއިރު ކުރިން