logo
Bank of Maldives

Bank of Maldives

ޚަބަރު

81,000 ޑޮލަރާއެކު އެއާޕޯޓުން ހިފެހެއްޓި ބިދޭސީ މީހާގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު

މަރިޔަމް ޔަނާ އަލީ
27 އޯގަސްޓު 2024 - 07:13
 81،000 ޑޮލަރާއެކު ހައްޔަުކުރި ޝަހްމިން އިސަލާމް ޝަކޫރް - ފޮޓޯ/ ފުލުހުން
81،000 ޑޮލަރާއެކު ހައްޔަުކުރި ޝަހްމިން އިސަލާމް ޝަކޫރް - ފޮޓޯ/ ފުލުހުން

81,000 ޑޮލަރާއެކު އެއާޕޯޓުން ހިފެހެއްޓި ބިދޭސީ މީހާގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެއާޕޯޓުން 81،000 އަށްވުރެ ގިނަ ޑޮލަރާއެކު ރާއްޖެއިން ފުރަންދިޔަ ބިދޭސީ މީހަކު އެއާޕޯޓް ސެކިއުރިޓީއިން ހައްޔަރުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ފުލުހުންނާ ހަވަލުކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައާމެދު ފުލުހުން ބުނި ގޮތުގައި އޭނާ އަކީ އުމުރުން 32 އަހަރުގެ ޝަހްމިން އިސްލާމް ޝަރުގް ނަމަކަށްކިޔާ މީހެކެވެ.

އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޝަހްމިން ހައްޔަރުކުރީ ކޯންފޮލެކްސް ފޮށިތަކެއްގައި ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ބަންދުކޮށްގެން ފުރަން ގޮސް ހުއްޓައެވެ. އޭނާގެ ޑޮލަރުތައް ފަޅާ އެރީ އެއާޕޯޓު ސެކިއުރިޓީ ސްކްރީނިންއިންއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

777 ފުޅި ބަނގުރާ އަދި 225 ދަޅު ބަނގުރާ ނައްތާލައިފިޚަބަރު | 30 މިނިޓު ކުރިންހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެއްޖެޚަބަރު | ދުވަހެއް ކުރިންރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ދެ އަތޮޅެއްގައި ފަށައިފިޚަބަރު | 3 ދުވަސް ކުރިންއެއްދުވަހު ނިޔާވި 2 ގައިދީއެއްގެ ހަށިގަނޑު ޕޯސްޓް މޯޓަމަށް ފޮނުވަނީޚަބަރު | 3 ދުވަސް ކުރިން