މިފްކޯއިން މަސްވެރިންނަށް 4.5 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިކަން ކުރަން ތިބި ބައެއް

27 ޖެނުއަރީ 2025 - 05:44
ސަރުކާރުގެ މަސް ކުންފުނި- މިފްކޯއިން މަސްވެރިންނަށް 4.5 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން މިކަން ހާމަކޮށް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 25 ވަނަ ދުވަހު 72 މަސް ދޯންޏަކުން މަސް ކިރާފައިވާ ކަމަށާއި އެ ދޯނިތަކަށް ޖުމްލަ 4,569,185 ( ހަތަރު މިލިއަން ފަސް ލައްކަ ފަސްދޮޅަސް ނުވަ ހާސް އެއް ސަތޭކަ އައްޑިހަ ފަސް ) ރުފިޔާ މިއަދު ދޫކޮށްފައިވާކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސްކިރުވާ އަދަދު ދަނީ އިތުރުވަމުންނެވެ. މަސްވެރިކަން ރަނގަޅުވުމާއެކު މަހަށް ނިކުންނަ ދޯނިތަށް ވެސް ވަނީ ގިނަވެފައެވެ. މިފްކޯގެ ތަފާތު ހިސާބުތަށް ދައްކާގޮތުގައި މިހާރު އެވަރެޖުކޮށް ދުވާލެއްޖެ މައްޗަށް 280 ޓަނުގެ މަސް މިފްކޯއަށް ކިރައެވެ.
ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުންގެންދާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސް ވެފައެވެ.
އިތުރު ލިޔުންތައް

މިފްކޯއިން ގައްދޫގައި ގާއިމްކުރި އައިސްޕްލާންޓު އަޕްގްރޭޑްކޮށް އަލުން ޚިދުމަތްދޭން ފަށައިފި
7 މަސް ކުރިން.jpg&w=3840&q=75)
ރ.މަޑުއްވަރީގައި އައިސް ޕްލާންޓް މިފްކޯގެ ދަށަށް ބަދަލުކޮށްފި
7 މަސް ކުރިން
މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަނީ
7 މަސް ކުރިން