ރައްޔިތުން ތިބީ ސަރުކާރާއެކު، އިހަވަންދޫންވެސް ހޫނު މަރުޙަބާއެއް


29 ޖެނުއަރީ 2025 - 12:20
ރައީސް ޑރ. މުހައްމަދު މުޢިއްޒު ތިލަދުއްމަތީ އުތުރުބުރީގެ އިހަވަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުން ނިކުމެ ރައީސްއަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގެ ފިޝަރީޒް ކޮމްޕެލެކްސްގެ ބިންގާ އަޅުއްވައިދެއްވާ، އަދި އެރަށުގައ އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ފެށުމާއި، ޕާސްޕޯޓު ޚިދުމަތްވެސް ވަނީ ވައްޓަވާފައެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓިއެމްއެއް އެ ރަށުގައި ޤާއިމްކުރުމަށް އެ ރަށު ކައުންސިލާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ރައީސް އިހަވަންދޫއަށް ވަޑައިގެންނެވުން
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން އޮފީސް އިމާރާތަކާއި އިންޖީނުގެއެއް، ވެހިކަލް ވޯކްޝޮޕަކާއި ގުދަނެއްވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. އަދި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 3.5 މީޓަރުގެ ފުންމިނުގައި ބަނދަރެއް އަދި ތިން ޕޮއިންޓުން މަސްކިރޭ ޖެޓީއެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ޚަރަދުތައް ވެސް ކުޑަވެގެންދާނެކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ސަބަބުން އިހަވަންދޫގައި 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށް ލަފާކުރެވެއެވެ. މިއީ އުތުރުގެ މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އިހަވަންދޫއަކީ ހއ. އަތޮޅަށް އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 7 ވަނަ ރަށެވެ. ތިން ދުވަހުގެ މުއްދަތަށް ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އިތުރު ލިޔުންތައް

އެމް.ޕީ.އެލް އިން އިހަވަންދޫއަށް ކްރޭނެއް ހަދިޔާކޮށްފި
7 މަސް ކުރިން
ރައީސް މުއިއްޒުގެ މަރުހަބާ ލަންކާގެ އިންތިހާބީ ރައީސްއަށް!
7 މަސް ކުރިން
އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވައިފި
7 މަސް ކުރިން