" ޖޮއިން ދަ ހީރޯސް " ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން އިފްތިތާހުކޮށްފި

ލޭ އެޕް އަދި" ޖޮއިން ދަ ހީރޯސް " ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން އިފްތިތާހުކުރުން

31 ޖެނުއަރީ 2025 - 16:21
" ޖޮއިން ދަ ހީރޯސް " ލޭ ހާދިޔަ ކުރުމުގެ ކެމްޕޭން މިރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ޖަލްސާގައި އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިކެމްޕެއިން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މި ކެމްޕެއިނަކީ ލޭ ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުޞަތުތައް ހުޅުވައި ދެއްވާ ތެލަސީމިއާ ކުދިންނަށާއި އަދި މިނޫންވެސް ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށް ދިނުމަށް ލުއިފަސޭހަ މަގެއް ހުޅުވައިދިނުމުގެ ގޮތުން މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ((HRDNCLLP ލޭއެޕާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
މި ކެމްޕޭނަކި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލަންޓަރީ ލޭ ހަދިޔާ ކުރުން ޕްރޮމޯޓު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ލޭ އެޕްގެ ޕްރޮޖެކްޓް މެނޭޖަރ އަބްދު ﷲ އިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ މި ކެމްޕޭނުގެ ސަބަބުން ޖަމިއްޔާތަކާއި، މުޖުތަމައުގެ އެއްބައިވަންތަކަން އިތުރުވެ، ލޭ ހަދިޔާ ކުރުމުގެ ހޭލުންތެރިކަން އިތުރުކޮށް ލޭ ގެ ސަޕްލައި ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރު ކުރުމަށް ލިބިގެންދާ ބޮޑު ފުރުސަތެއް ކަމަށެވެ.
މި ކެމްޕޭނުގެ މަސައްކަތް ކުރިއަށް ގެންދަނީ ކެޓަގަރީ ތަކަކަށް ބަހާލައިގެން ކަމަށް ވެސް އެޕްގެ މެނޭޖަރ އިޔާޒް ވިދާޅުވިއެވެ. ކޮންމެ ކެޓަގަރީއެއްގައި ވެސް ވަކި ޕޮއިންޓް ލީޑަރ ބޯޑެއް އޮންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ. ކޮންމެ ގްރޫޕަކުން ވެސް އެ ގްރޫޕެއްގެ ކެޓަގަރީގައި އެކަކު އަނެކަކަށް ވާދަ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. މިކަމުގެ ސަބަބުން މިހާރަށް ވުރެ ހަމަހަމަ މާހައުލެއް އުފެދި ދުޅަހެޔޮ ވާދަވެރިކަމެއް އުފެދިގެންދާނެއެވެ.
މި ކެމްޕޭނުގެ ދަށުން ދީފައިވާ އޮބްޖެކްޓިވްތައް ފުރިހަމަ ކުރުމުން ޕޮއިންޓް ލިބެމުންދާނެއެވެ.
މި ކެމްޕޭނު ނިންމާލުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުއެވެ.
އިތުރު ލިޔުންތައް

ކާތަކެތީގައި ބުޅާ މަސް އަދި ހުނީގައި ކޯނިޝް ޕައުޑަރު ހުރިކަމެއް ސާބިތެއް ނުވޭ: ވަޒީރު
8 މަސް ކުރިން
ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރެވޭ ގޮތް ހަމަޖައްސައިފި
7 މަސް ކުރިން
"މާހަރާ" ޕޯޓަލް: ބަލިމީހުންގެ ޚިޔާލާއި ޝަކުވާ މިހާރު ހުށަހެޅޭނެ
7 މަސް ކުރިން