logoEN
ޚަބަރު

ހެޕިނެސް އިންޑެކްސް ތަންފީޒުކުރެވިގެންދާނީ ކައުންސިލްތަކާ ގުޅިގެން: ވަޒީރު

އާމިނަތު ސަފާއާމިނަތު ސަފާ

03 ފެބްރުއަރީ 2025 - 04:32

ހެޕިނެސް އިންޑެކްސް އެކުލަވައިލެވުމުން އެ ކަން ތަންފީޒު ކުރެވިގެން ދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވި، ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް އެކުލަވައިލާ "ހެޕިނަސް އިންޑެކްސް" އިފްތިތާޙުކުރުމަށް މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ހެޕިނެސް އިންޑެކްސް އެކުލަވައިލެވުމުން އެ ކަން ތަންފީޒު ކުރެވިގެން ދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށާ، އެ ކަމަށް ޓަކައި ކައުންސިލްތައް އަހުލުވެރި ކުރުމުގެ މަސައްކަތްތައް ސިޓީސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑް ދެވޭނެ ގޮތްތަކެއް ވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދިރިއުޅުމުގެ ފަސޭހަޔަށް ޓަކައި ހަދާ ބަނދަރުތަކާއި، މަގުތަކުގެ ސަބަބުން ޤުދުރަތީ ގޮތުން ރަށްރަށް އުފެދިފައި އޮތް ތިމާވެއްޓާ ރަށްޓެހި މާހައުލު މިހާރު އެ ގޮތުގައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

”ދިރިއުޅުމުގެ ފަސޭހަޔަށް ޓަކައި ހަދާ ބަނދަރުތަކާއި މަގުތަކުގެ ސަބަބުން ޤުދުރަތީ ގޮތުން ރަށްރަށް އުފެދިފައި އޮތް ތިމާވެއްޓާ ރަށްޓެހި މާހައުލު މިހާރު އެ ގޮތުގައި ނެތް. ރަށްރަށް ތަރައްޤީ ކުރުމުގައި ޤުދުރަތީ ގޮތުން އުފެދިފައި އޮތް އޮތުން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުން މުހިންމު. އެހެންކަމުން ހެޕިނެސް އިންޑެކްސް މިންކުރުމުގެ ޙާލަތު ދެނެގަތުމުގައި ތަބީޢީ ގޮތުން ރަށްރަށުގެ ޙާލަތު އޮތް ގޮތުގެ މައްޗަށް ރިޢާޔަތް ކުރެވެން ޖެހޭނެ"

ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ވަޒީރު އާދަމް ޝަރީފު ޢުމަރު އިސްނަންގަވައިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރައްވަމުން އަންނަ މަސައްކަތެކެވެ.

ކޮމެންޓް

871x217_placeholder