logo
MPL

MPL

ޚަބަރު

ވިއްސާރައިގަ ލިބުނު ގެއްލުންތައް ދަނީ ގަތުން ބަލަމުން: ވަޒީރު

ސުދާ ލަތީފް
4 ޖެނުއަރީ 2025 - 12:47
އިއްޔެ މާލެއަށް ވެހުނު ވާރޭގެ ފެން ބޭރުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ
އިއްޔެ މާލެއަށް ވެހުނު ވާރޭގެ ފެން ބޭރުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ

ފާއިތުވި ދުވަސްތަކުގައި ރާއްޖެއަށް ކުރި ވިއްސާރައިގަ ލިބުނު ގެއްލުންތައް ގާތުން ބަލަމުން ދާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓް އެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަޒީރު ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ރަަށް ރަށުގެ ކައުންސިލްތައް މެދުވެރިކޮށް އެ ވުޒާރާއިން ގާތުން ބަލަމުންދާ ކަމާށެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން، އިއްޔެ ވަނީ ފެން ބޮޑުވި ކަމުގެ ރިޕޯޓް ގިނަ ރަށަކުން ލިބިފައެވެ. މި ރަށްރަަށުގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އެގޮތުން މާލެ އަށް އިއްޔެ ކުރި ގަދަ ވިއްސާރައިގައި ހާލުގައި ޖެހުނު 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އެހީތެރިކަން ވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ދީފައެވެ.

އެގޮތުން އެންޑީއެމްއޭގެ ރިޕޯޓަށް ބަލާއިރު މި ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއްވީ ފ. ނިލަންދޫ އަދި ކ. ހިންމަފުއްޓަށެވެ. ނިލަންދޫގެ 80 ޕަސެންޓުގައި ފެން ބޮޑުވިއިރު ހިންމަފުށީގެ 60 ޕަސެންޓަށް ފެން ބޮޑުވިއެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ވި ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. މި ވިއްސާރައިގައި ރ. އިނގުރައިދު އާއި ށ. ނަރުދޫ އަށް ވެސް އިއްޔެ އުދައަރައި ބޮޑެތި ގެއްލުންތަކެއް ވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 13 ދުވަސް ކުރިންކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު: ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އިތުރަށް ގޯސްވާނެ!ޚަބަރު | 15 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | 20 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | މަހެއް ކުރިން