logoEN
ޚަބަރު

މިފްކޯއަށް ޖެނުއަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވީ މިދިޔަ މަހު

މަސްވެރިކަން ކުރަން ތިބި ބައެއް

މަސްވެރިކަން ކުރަން ތިބި ބައެއް

ސުދާ ލަތީފްސުދާ ލަތީފް

03 ފެބްރުއަރީ 2025 - 04:54

ފާއިތުވެދިޔަ 28 އަހަރު ތެރޭގައި ސަރުކާރުގެ މަސް ކުންފުނި- މިފްކޯއަށް ޖެނުއަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވީ މިދިޔަ ޖެނުއަރީ މަހުގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރައިން ބުނެފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރައިން ބުނީ، 1997 ވަނަ އަހަރުން ފެސިގެން ޖަނަވަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރަފައި ވަނީ މިދިޔަ ޖެނުއަރީ މަހުގައި ކަަމަށެވެ.

އެގޮތުން މިދިޔަ މަހުގައި 8،324 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މިފްކޯއަކީ 1993 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ.

ކޮމެންޓް

871x217_placeholder