logoEN
ޚަބަރު

ދިރާގު ފުވައްމުލަކު ރަން 2025 އަށް ރަޖިސްޓީކުރުމަށް ހުޅުވައިލައިފި

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

05 ފެބްރުއަރީ 2025 - 08:26

ދިރާގު ފުވައްމުލައް ރަން 2025 އަށް ރަޖިސްޓަރީކުރުމަށް މިއަދު ހުޅުވައިލައިފިއެވެ.

މިކަން އިއުލާނު ކޮށްފައިވަނީ މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިރާގުން ބުނެފައިވަނީ މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދުވުމުގައި ހިމެނޭ 5 ކިލޯމީޓަރު ، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ކެޓެގަރީތަކުގައި ރަޖިސްޓަރީކުރުމަށް ހުޅުވާލެވިފައިވާކަމަށެވެ.

ޑީ.އެމް.އާރް.އާރް. އާ އެއްފަދައިން ، ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ، މި ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 232،000 (ދެ ލައްކަ ބައްތިރީސްހާސް) ރުފިޔާ ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަަސައްކަތްކުރާ ކޮމިޓީއާ އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލިޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަގެހިފައިވާ ތާރީހަކީ 2 މެއި 2025 ވާ ހުކުރު ދުވަހެވެ. މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދަކީ ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ.

މި ތާރީހީ ދުވުމުގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިންނަށް މިހާރު www.dfr.mv މެދުވެރިކޮށް ރަޖިސްޓަރިކުރުމަށް ވަނީ ހުޅުވައިލައިފައެވެ. އަދި 28 ފެބްރުވަރީގެ ނިޔަލަށް ، ދުވުމުގައި ބައިވެރިކުރުމަށް ކަނޑައަޅައިފައިވާ 1500 ދުވުންތެރިންގެ ލިމިޓު ހަމަ ވަންދެން، ރަޖިސްޓަރީކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

' ދިރާގު މޯލްޑީވްސް ރޯޑް ރޭސް' އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު ބާއްވާ އެސޯސިއޭޝަނަލް މެރަތަން އެންޑް ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި ، ޑީ.އެމް.އާރް.އާރް. ފުޅާ ކުރުމަކީ ދުޅަހެޔޮ ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ދިވެހިރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.

ކޮމެންޓް

871x217_placeholder