logoEN
ޚަބަރު

4000 ދުވުންތެރިންނާ އެކު، ދިރާގު ރޯޑް ރޭސް މާދަމާ

ދިރާގު ރޯޑް ރޭހުގައި ކުއްޖަކު އޭނާގެ ބެލެނިވެރިޔާ އެކީގައި ދުވަނީ : އެ ރޭހުގައި އެކި އުމުރުފުރާގެ ފަރާތްތައް ބައިވެރިވޭ -- ފޮޓޯ: ސަން

ދިރާގު ރޯޑް ރޭހުގައި ކުއްޖަކު އޭނާގެ ބެލެނިވެރިޔާ އެކީގައި ދުވަނީ : އެ ރޭހުގައި އެކި އުމުރުފުރާގެ ފަރާތްތައް ބައިވެރިވޭ -- ފޮޓޯ: ސަން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

24 އޮކްޓޯބަރު 2024 - 13:17

4000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު، ދިރާގުގެ މި އަހަރުގެ ރޯޑް ރޭސް މާދަމާ އޮންނާނެއެވެ.

އެ ރޭސް އޮންނާނީ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅު އޮންނާނީ މާދަމާ ފަތިހު 5 އިން ހެނދުނު 9 އަށެވެ. އެގަޑީގައި އޮންނާނީ ހާފް މެރަތަން އާއި 10 ކިލޯމީޓަރުގެ ދުވުމެވެ.

އަދި ދެވަނަ ދަންފަޅި އޮންނާނީ ހަވީރުއެވެ. އެ ދަންފަޅީގެ ދުވުން ހަވީރު 4 އިން 6 ގެ ނިޔަލަށް ކުރިއަށް ދާނެ އިރު، އެ ގަޑީގައި އޮންނާނީ ދިރާގުގެ އާންމު ބޮޑު ދުވުން ކަމުގައިވާ ފަސް ކިލޯމީޓަރުގެ ދުވުމެވެ.

undefinedދިރާގު ރޯޑް ރޭހުގައި ބައިވެރިންތަކެއް ދުވަނީ-- ފޮޓޯ: ސަން

އެ ދުވުންތަކުގެ އިތުރުން، މާދަމާ ސެންޓްރަލް ޕާކުގައި ވެސް އެ ދުވުންތަކާ ގުޅޭ އިތުރު ގިނަ ހަރަކާތްތަކެއް އޮންނާނެއެވެ. އެގޮތުން ދުވުން ކުރިއަށްދާއިރު ކާބޯތަކެތި ވިއްކުމަށް ދިރާގުން ވަނީ ވިމެން އެންޓްރަޕްރިނިއާސް އެސޯސިއޭޝަން މޯލްޑިވްސް (ވިއަމް) އާއެކު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

އަދި ކުޑަކުދިންނަށް ޚާއްސަކޮށް ގޭމުތަކެއް ވެސް އެގަޑީގައި ކުރިއަށް ދާނެއެވެ.

އެ ދުވުމާ ގުޅިގެން މާދަމާ ރޭ ވެސް ހަރަކާތްތަކެއް ކުރިއަށް ދާނެ އިރު، އޭގެ ތެރޭގައި ގޭމިން މުބާރާތެއް ވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން އެ ގަޑީގައި ކުރިއަށް ގެންދާނެ ގޭމުތަކުގެ ތެރޭގައި ރޮކެޓް ލީގާއި އީއޭއެފްސީ އަދި ކިންގް އޮފް ދަ ހިލް ފަދަ ގޭމުތައް ހިމެނެއެވެ. އެ ގޭމުތަކުގައި ބައިވެރިވުމަށް، އެތަނަށް ގޮސް ރަޖިސްޓްރީ ކުރެވޭނެ ކަމުގައި ދިރާގުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަގުމަތީގެ ދުވުމުގެ ހަރަކާތަށް ދިރާގުގެ ރޯޑް ރޭސް ވާއިރު، މި އަހަރު ބައްވަނީ އެ ރޭހުގެ 15 ވަނަ ރޭހެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder