logoEN
ޚަބަރު

ބަލި މީހެއްގެ އެކްސްރޭ ލީކުކޮށްލި ކަމަށް ބުނާ މައްސަލަ މިނިސްޓްރީން ބަލަނީ

ހެލްތް މިނިސްޓްރީ

ހެލްތް މިނިސްޓްރީ

ހޮސްޕިޓަލަކުން ބަލިމީހެއްގެ އެކްސްރޭ ލީކްކޮށްލި ކަމަށް ބުނާ މައްސަލަ ހެލްތް މިނިސްޓްރީން ބަލަމުންދާ ކަމަށް އެވުޒާރާއިން ބުނެފިއެވެ.

މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ މިހާރު ބަލަމުން ދާކަމަށެވެ. ނަމަވެސް މިނިސްޓްރީން މި ތުހުމަތު ރައްދުވާ ހޮސްޕިޓަލުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. އަދި މީސްމީޑިއާގައި ދަުރުވަމުންދާ ފޮޓޯގެ ސައްހަކަންވެސް ބަލަމުންދާ ކަމަށް ވުޒާރާއިން ބުނެއެވެ.

މީސްމީޑިއާގައި ފޮޓޯ ލީކްކޮށްލީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށް ބުނާ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ކޮމެންޓް

871x217_placeholder