ޚަބަރު.webp&w=3840&q=75)
ސުދާ ލަތީފް
މިފްކޯއިން މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި
.webp&w=3840&q=75)
މަސްވެރިކަން ކުރަން ތިބި ބައެއް

07 ފެބްރުއަރީ 2025 - 10:05
މިފްކޯއިން އިއްޔެ މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ބުނީ މި މަހުގެ ހަތަރު ދުވަހުގައި ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް އިއްޔެ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން ހަތަރުވަނަ ދުވަހުގައި 41 މަސް ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުނެެފައިވެއެވެ.
މިފްކޯއިން ބުނީ، އެ ދޯނިތަކަށް ޖުމްލަ 4،700،420 ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެ ފައިސާ އިއްޔެ ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބިފައިވާ ކަމަށް ބުނެއެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.