މިފްކޯއިން މަސްވެރިންނަށް 6.4 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިން މަސް ކިރަނީ

10 ފެބްރުއަރީ 2025 - 05:35
މިފްކޯއިން އިއްޔެ މަސްވެރިންނަށް 6.4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ބުނީ މި މަހުގެ އަށްވަނަ ދުވަހުގައި ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް އިއްޔެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ 32 މަސް ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުނެެފައިވެއެވެ.
މިފްކޯއިން ބުނީ، އެ ދޯނިތަކަށް ޖުމްލަ 6,460,061.24ރ (ހަ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސްހާސް ފަސްދޮޅަސް އެއް ރުފިޔާ ސައުވީސް ލާރި) ދައްކާފައިވާ ކަމަށެވެ. އެ ފައިސާ އިއްޔެ ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބިފައިވާ ކަމަށް ބުނެއެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.