logoEN
ޚަބަރު

ރައީސުލްޖުމްޙޫރިއްޔާގެ ނައިބު، ގަވާމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމްގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމްގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމްގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަމެންޓްސް ސަމިޓް 2025ގެ ހަވާސާގައި ބޭއްވި ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމްގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ޔޫއޭއީގެ ރަސްގެފާނު މިސްވަތީ، އަދި ޔޫއޭއީ ސަރުކާރުގެ އިސް ބެފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމަކީ ޕްރޮފެޝަނަލުންނަށް ކެރިއަރުގެ ވިސްނުމާއި ގޮންޖެހުންތަކާއި ކާމިޔާބީތައް ހިއްސާކުރުމަށް ފަރުމާކޮށްފައިވާ ޑައިނަމިކް ޕްލެޓްފޯމެކެވެ. މި ފޯރަމްގައި ތަފާތު ސިނާއަތްތަކުގެ ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، އިނޮވޭޓިވް ސްޓްރެޓެޖީތަކާއި އަގުހުރި ފިލާވަޅުތައް ދެނެގަނެއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ގޮންޖެހުންތަކުން އަރައިގަތުމާއި، އުފެއްދުންތެރި ހައްލުތައް ހޯދުމާއި، ލީޑަރޝިޕް ކުރިއެރުން އިތުރުކުރުމާއި، އިންޑަސްޓްރީއަށް އަހުލުވެރިކުރުމާ ބެހޭގޮތުންނެވެ.

ރާއްޖެއާއި ޔޫއޭއީ އާއި ދެމެދުގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ)ގެ ދަށުން، ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގައި ރާއްޖެއިން ތިން އަހަރަށް ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމަކީ އުނގެނުމާއި އިނޮވޭޝަންގެ މައިގަނޑު ކަންކަމަށް އަލިއަޅުވާލައި ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ޖީއީއީޕީގެ ދަށުން ޖުމްލަ 4 ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމުގައި ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭގޮތަށް ސަރުކާރުގެ 128 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ ވޯލްޑް ގަވާމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓުގައި ކްލައިމެޓް ޗޭންޖް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫއޭއީގައި ފެބްރުއަރީ މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓް ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިންގ ފިއުޗާ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

"ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ދައުރާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް

871x217_placeholder