މިފްކޯއިން މަސްވެރިންނަށް 4.5 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިކަން ކުރަން ތިބި ބައެއް

13 ފެބްރުއަރީ 2025 - 09:39
މި މަހުގެ 11 ދުވަހުގައި ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ފައިސާ ދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނެފިއެވެ.
އެގޮތުން 11 ދުވަހުގައި 23 މަސް ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، އެ ދޯނިތަކަށް ޖުމްލަ 4،596،429.66ރ (ހަތަރު މިލިއަން ފަސް ލައްކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ އޮނަތިރީސް ރުފިޔާ ފަސްދޮޅަސް ހަ ލާރި) ދައްކާފައިވާ ކަމަށެވެ. އެ ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
މިފްކޯއަށް ކިރާ މަހަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދަނީ ދެމުންނެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެގޮތުން މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.
މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކައެވެ. އަދި އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.
އިތުރު ލިޔުންތައް

މިފްކޯއިން ގައްދޫގައި ގާއިމްކުރި އައިސްޕްލާންޓު އަޕްގްރޭޑްކޮށް އަލުން ޚިދުމަތްދޭން ފަށައިފި
6 މަސް ކުރިން.jpg&w=3840&q=75)
ރ.މަޑުއްވަރީގައި އައިސް ޕްލާންޓް މިފްކޯގެ ދަށަށް ބަދަލުކޮށްފި
6 މަސް ކުރިން
މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަނީ
6 މަސް ކުރިން