logoEN
ޚަބަރު

ފެނަކައިން ބަލަހައްޓަމުން އައި 14 އައިސްޕްލާންޓް ހިންގުން ރަސްމީކޮށް މިފްކޯއާއި ޙަވާލުކޮށްފި

 ފެނަކައިން ބަލަހައްޓަމުން އައި 14 އައިސްޕްލާންޓް ހިންގުން ރަސްމީކޮށް މިފްކޯ ޙަވާލުކުރުން

ފެނަކައިން ބަލަހައްޓަމުން އައި 14 އައިސްޕްލާންޓް ހިންގުން ރަސްމީކޮށް މިފްކޯ ޙަވާލުކުރުން

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

15 ފެބްރުއަރީ 2025 - 10:24

މީގެ ކުރިން ފެނަކައިން ބަލަހައްޓަމުން އައި 14 އައިސްޕްލާންޓް ހިންގުން ރަސްމީކޮށް މިފްކޯ ޙަވާލުކޮށްފިއެވެ.

މިފްކޯއިން އިން ބުނީ މި މަރުޙަލާގައި، އެކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމްތަކުން ހުރިހާ އައިސް ޕްލާންޓްތައް މުޅިން އޮޕަރޭޝަނަލް ކެޕޭސިޓީއަށް އަލުން އާރާސްތުކުރުމުގެ މަސައްކުރަމުން އަންނަ ކަމަށެވެ.

މި ޓްރާންސިޝަނަކީ، މިފްކޯގެ ޚިދުމަތުގެ ޤާބިލުކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މިބަދަލުގެ ސަބަބުން، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް ޓަކައި އެންމެންގެ އެއްބާރުލުން ފާހަގަކުރެވޭ ކަމަށް މިފްކޯ އިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، އައިސްޕްލާންޓްތައް ފެނަކައާ ހަވާލު ކުރުމަކީ ވަރަށް ދެރަކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މި މަހުގެ 15 ގައި ހުރިހާ އައިސްޕްލާންޓެއް ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް އައިސްޕްލާންޓައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގަ ކަމަށެވެ.

ނަމަވެސް، މިހާރު ގިނަ އައިސްޕްލާންޓްތަކެއް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފެނަކައިގެ ދަށުގައި ހުރި ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލު ކުރަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ފެނަކައަށް ގެއްލުން ވާތީ އައިސްޕްލާންޓްތައް ހިންގުން އެ ކުންފުނިން ވަނީ މިދިޔަ އަހަރު ތެރޭގައި ހުއްޓާލައިފަ އެވެ.

މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ރައީސް ޑރ.މުއިއްޒު ވަޢުދުވެވަޑަިގެންފައިވާ ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރެއިން ފެލިވަރާއި ގދ. ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

871x217_placeholder