logo
Bank of Maldives

Bank of Maldives

ޚަބަރު

މަޢުލޫމާތާއި ތަޖުރިބާ ލިބިގަތުމަށް ނާދީ ތަކުގެ ބޭނުން ހިފަންޖެހޭ - މެޑަމް ސާޖިދާ

އަޙްމަދު ޒަލީފް
17 ފެބްރުއަރީ 2025 - 14:04
މަޢުލޫމާތާއި ތަޖުރިބާ ލިބިގަތުމަށް ނާދީ ތަކުގެ ބޭނުން ހިފަންޖެހޭ - މެޑަމް ސާޖިދާ

އިސްރަށްވެހިންގެ ފަރާތުން ޢިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ޒުވާނުންނާއި ކިޔަވާ ކުދިން ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު މާލޭގައި ހުޅުވި އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުމާ ގުޅިގެން "އިސްވާރުންގެ އަހަރީ އުފާ - 2025"ގެ ނަމުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްރަށްވެހިންގެ ނާދީތައް ތަރައްޤީކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުން ހާމަވެގެންދަނީ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށާއި ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ކަމަށެވެ. އަދި ދިވެހި ޤައުމު މި ދެކޭ ކުރިއެރުމުގެ މޭސްތިރިންނަކީ އިސްރަށްވެހިންކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނާދީގެ ލޯގޯ ވަނީ ތަޢާރަފްކޮށްފައެވެ. އަދި އިސްރަށްވެހިންގެ ނާދީން ޚިދުމަތް ހޯދައި ފަރާތްތަކަށާއި އެ ތަނުގައި ހިންގާ ޕްރޮގުރާމްތަކުގައި ބައިވެރިވުމަށް ބޭނުންކުރެވޭނެ މެންބަރޝިޕް ކާޑެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މެންބަރޝިޕް ކާޑު ތަޢާރަފްކޮށްދެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންގެ ކިބައިން އެ މަޢުލޫމާތާއި ތަޖުރިބާ ލިބިގަނެ ދަސްކުރުމަށް، ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް މެޑަމް ގޮވާލެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިން ގޭގައި ކުރާ މަސައްކަތްތަކުން ދަރިން ޝައުޤުވެރިކަން އުފެދި ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުޞަތު ލިބޭ: މެޑަމް ސާޖިދާޚަބަރު | 23 ދުވަސް ކުރިންރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހުން މުހިންމު: ފަސްޓް ލޭޑީޚަބަރު | 2 މަސް ކުރިންކުއްލި ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރަންޖެހޭ: ފަސްޓު ލޭޑީޚަބަރު | 2 މަސް ކުރިންޖައިކާ މެދުވެރިކޮށް ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | 2 މަސް ކުރިން