logo
ޚަބަރު

ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލަން ނިންމައިފި

ހުސައިން ވަސީމް
19 ފެބްރުއަރީ 2025 - 07:32
ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލަން ނިންމައިފި

ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލަން ދާޙިލީ ވުޒާރާއިން ނިންމައިފިއެވެ.

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ވުޒާރާއިން ވަނީ ދެ ފަހަރެއްގެ މަތިން ފުރުސަތުދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދާޙިލީ ވުޒާރާއިން މިއަދު ބުނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، އައު ސައިޓް ރަޖިސްޓްރޭޝަން، އައު ކޯޓާ ޕޫލް އަދި އައު ވަރކް ޕަރމިޓް ދޫނުކުރާނެކަމަށެވެ.

ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް މި ދެންނެވުނު ފިޔަވަޅުން އިސްތިސްނާވާނެއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރައެވެ.

މިހާތަނަށް ކުރި މަސައްކަތުން އޭގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ވަޒީރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ވަޒީރު ވިދާޅުވެފައިވަނީ މިހާރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަވާއިދާ ޚިލާފުވި 25 ބިދޭސީއަކު އަތުލައިގެންފި ޚަބަރު | މަހެއް ކުރިންމިދިޔަ މަހުގެ ނިޔަލަށް 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 2 މަސް ކުރިންބިދޭސީން ރެކްރޫޓްކުރާ އެޖެންސީތައް ރަޖިސްޓަރީކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރުޚަބަރު | 3 މަސް ކުރިން