logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

ޝަހްޒާ މުހައްމަދު
10 ޖުލައި 2025 - 05:33
މިދިޔަ މަހުގެ ނިޔަލަށް 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، ޤަވައިދާ ޚިލާފަށް އުޅުނު 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވާގޮތުން ، 17 ނޮވެމްބަރ 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ގަވައިދާ ޚިލާފަށް އުޅުނު 7635 ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. އޭގެ ތެރޭގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނި 2022 މީހުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑީޕޯޓްކުރެވުނު ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނުވާ މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ޚާއްސަ ރެއިޑްތައް ހިންގަމުންނެވެ.

އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފައެވެ. މި ޕްލެޓްފޯމަކީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަކުރެވިފައިވާ ވަސީލަތެކެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާއި ހިލާފަށް ވިއުޅެމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!ޚަބަރު | 14 ދުވަސް ކުރިންދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 16 ދުވަސް ކުރިން ކުށުގެވެށީގައި ހަރަކާތްތެރިވި 28 ބިދޭސީން އޯގަސްޓް މަހު ޑީޕޯޓުކުރި ޚަބަރު | 23 ދުވަސް ކުރިންހުއްދަ ދީފައި ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީޚަބަރު | 25 ދުވަސް ކުރިން