logo
Bank of Maldives

Bank of Maldives

ރިޕޯޓް

ބިދޭސީންގެ މައްސަލަ: މިއަދުވެސް ތިން މީހަކު ހައްޔަރުކޮށްފި

އިސްމާޢިލް ރާތިޢު
2 ޑިސެމްބަރު 2025 - 10:45
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ބިދޭސީން ގިނަވުމުގެ މައްސަލައެވެ.

ނުގަވައިދުން އުޅެމުންދާ މީހުންނާއި ދިވެހިންނަށް އެކަނި ކުރެވޭ ވިޔަފާރިތަކުގެ ތެރެއަށް އެކި ގޮތްގޮތުން ވަދެގަނެގެން އުޅޭ މައްސަލައެވެ. އެގޮތުން މިއަދުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު، އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ދެމީހަކު ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިޔަރު ދަޅުތަކަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޝަމީމް އަހައްމަދު (31އ) އެވެ. ފުލުހުން މައުލޫމާތުދީފައިވާ ގޮތުން، މިމީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހު، ހުޅުމާލެތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި ފުލުހުންނަށް އެއްޗެއް ފޮރުވަން އުޅުނުކަމަށް ތުހުމަތުކުރެވިގެން ހިފަހައްޓައިގެން ބެލިބެލުމުގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދަޅުތަކެއް އޭނާ އަތުން ފެނުމުން ކަމަށެވެ. އަދި އިތުރަށް ބެލި ބެލުމުން އޭނާ ގެންގުޅުނު ދަބަހުން 72 ބިޔަރު ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

beer.jpg

ފޮޓޯ: ފުލުހުން

ފުލުހުންނާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ނުސާފުތާހިރު މާހައުލެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންދިޔަ ދެމީހެކެވެ. އެމީހުން ދިރިއުޅުނުތަން ބަލައި ފާސްކުރުމުގެ ތެރޭގައި ކުރުނބާ އާއި ހުސް ފުޅިތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިތަނަކީ ވިއްކުމަށް ކުރުނބާ ހަދާ، ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

G7JPWxPakAASGEf.jpeg

ފޮޓޯ: އިމިގްރޭޝަން

މި ސަރުކާރު އައިފަހުން އަންނަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ އެތައް ފިޔަވަޅެއް އަޅަމުންނެވެ. އެގޮތުން، ނުގަވައިދުން އުޅެމުން އަންނަ ބިދޭސީން ހޯދާ، އެމީހުން ނިޒާމުގެ ތެރެއަށް ވެއްދުމަށް ނުވަތަ އަނބުރާ ގައުމަށްދާން ބޭނުންވާ މީހުން ފޮނުވާލުމަށް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މީގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ، އީ-ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި މި މުއްދަތުގައި ބަޔޯމެޓްރިކްސް ނުދޭ މީހަކު ފާހަގަވެއްޖެ ނަމަ، އެމީހަކު ވަގުތުން ޑީޕޯޓުކޮށްލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް ބިދޭަސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ވިޔަފާރިތައް ރިޕޯޓުކުރެވޭނެ ނިޒާމެއްވެސް ސަރުކާރުން އެކުލަވާލާފައިވެއެވެ. މިކަމާގުޅިގެން އިޖުތިމާއީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ކަމުގެ މައުލޫމާތު އަބަދުވެސް ލިބޭކަމަށެވެ. އަދި އެމީހުން މިކަން ކުރާ ދެގޮތެއް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އެދެގޮތަކީ، ދިވެއްސަކު ނިވާފަތްގަނޑަކަށް ހަދައިގެންނާއި ފޮރިން އިންވެސްޓްމަންޓު ގާނޫނުގައި ބިދޭސީންނަށް ކުރުން ހުއްދަނޫން ވިޔަފާރިތައްކުރާ މީހުންނެވެ.

މި ނިޒާމު އެކުލަވާލިތާ 41 ގަޑިއިރުތެރޭ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ހަބަރު ލިބިފައިވާ ކަމަށް އިޖުތިމާއީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ.

މިކަމަކީ ޒަމާނުއްސުރެ ހައްލެއް ބޭނުންވެފައި އޮތްނަމަވެސް އެކަން ނުވެ އޮތް މައްސަލައެކެވެ. މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން މިކަން ހައްލުވާނީ އެންމެންވެސް މިކަމަށް އެއްބާރުލުންދީ، އެކަތިގަނޑެއް ގޮތަށް މަސައްކަތް ކޮށްގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ މައްސަލަ: މިއަދުވެސް ތިން މީހަކު ހައްޔަރުކޮށްފިރިޕޯޓް | 2 ގަޑިއިރު ކުރިންއެއް މިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ގޮވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީޚަބަރު | 6 ގަޑިއިރު ކުރިންކުރުނބާ ފަނި ފުޅި ތައްޔާރުކުރާ ތަނަކުން 2 ބިދޭސީން ހައްޔަރުކޮށްފި ޚަބަރު | 7 ގަޑިއިރު ކުރިން