logo
Bank of Maldives

Bank of Maldives

ޚަބަރު

ދިގުރަށުގައި ބިދޭސީންތަކެއް މަރުވި ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މާރިޗު 2026 - 17:50
ދިގުރަށުގައި ބިދޭސީންތަކެއް މަރުވި ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ދީފި

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، ބަނގްލަދޭޝްގެ ފަސް ރައްޔިތަކު މަރުވި ހާދިސާ އާއި ގުޅޭ ފަހުގެ މައުލޫމާތު ފުލުހުން މިރޭ ދީފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 މާރިޗު 12 ވިލޭރޭގެ 01:57 ހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 އެހައިކަންހާއިރު ހަރަކާތްތެރިވާން ފެށިއެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން އެތެރެއަށް ވަދެ، ހަބަރު ހުސްވެފައިތިބި ހަތް މީހަކު ވަނީ ނެރެފައެވެ. މި މީހުން ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށާއި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ސިއްހީ މަރުކަޒުން ކަށަވަރުކޮށްދީފައިވެއެވެ.

ހާލު ސީރިއަސްވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ. މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި، މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝްގެ ރައްޔިތުންނެވެ.

އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ދަމުން 02:30 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.

މިގޮތުން، ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް، މައްސަލައިގެ މައުލޫމާތު މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ވަނީ ހިއްސާކޮށްފައެވެ. އަދި މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް މިއަދު ހެނދުނު ވަނީ ދިގުރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މީގެއިތުރުން، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކަށް މި ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިގުރަށު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިކަމަށް އެދިއްޖެޚަބަރު | ގަޑިއިރެއް ކުރިންދިގުރަށުގައި ބިދޭސީންތަކެއް މަރުވި ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ދީފިޚަބަރު | ގަޑިއިރެއް ކުރިންއައްޑޫގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 5 ގަޑިއިރު ކުރިންދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީޚަބަރު | 8 ގަޑިއިރު ކުރިން