logo
Bank of Maldives

Bank of Maldives

ޚަބަރު

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ޒިދާން މުޙައްމަދު
13 މާރިޗު 2026 - 11:08
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

އަރިއަތޮޅު ދެކުނުބުރި ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ބުރާސްފަތި ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ. 

އެޗްއާރްސީއެމްއިން ބުނީ އަލިފާނުގެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ބިދޭސީންގެ ގިނަ އެކޮމަޑޭޝަން ބްލޮކްތަކަކީ އިންސާނީ ހައްގާއި ކަރާމަތް ހަނިވާ ގޮތަށް ހުންނަ ތަންތަން ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. އަދި އެފަދަ ތަންތަނުގެ ހާލަތުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގައި، އެތައް ބިދޭސީންނެއް މަރުވެފައިވެއެވެ. 

ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. 

އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށެވެ. އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައެވެ.

ހާދިސާގައި ފަސް މީހަކު މަރުވިއިރު ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ އިތުރު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ދެމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ދިގުރަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައިހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން 5 މީހަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 5 ފިރިހެނުންނެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ 2 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައިވަނީ ފަރުވާ ދޭން ފަށާފައެވެ. އައިޖީއެމްއެޗުން ބުނީ، މި ދެ މީހުންގެވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ދެމީހުންނަށްވެސް މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.


މިޙާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 2:00 އެހައިކަންހާއިރުއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީޚަބަރު | ގަޑިއިރެއް ކުރިންގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންހޯދަމުންދިޔަ ރ. ވާދޫ މީހާ ފެނިއްޖެޚަބަރު | 10 ގަޑިއިރު ކުރިންހުޅުމާލޭގައި ފުލުހަކަށް އަނިޔާކޮށް ޒަޚަމްކޮށްލައިފިޚަބަރު | 11 ގަޑިއިރު ކުރިން