logo
Bank of Maldives

Bank of Maldives

ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
13 މާރިޗު 2026 - 04:08
ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކުރުމަށްފަހު އެވެ.

ފުލުހުން ބުނީ އެ ތަން ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅި ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ހަސަން (27އ) އެވެ. އޭނާ ހައްޔަރުކުރީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ފެނިފައިވާ ކަމަށާއި އެހެންކަމުން އެ ސައިކަލު ތަހުގީގުގެ ބޭނުމަށް ޓޯ ކޮށްފައިވާ ކަމަށެވެ.

މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނަޒްމުލް ހަސަން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށްވެސް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާ އެކު ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހޯދަމުންދިޔަ ރ. ވާދޫ މީހާ ފެނިއްޖެޚަބަރު | 3 ގަޑިއިރު ކުރިންހުޅުމާލޭގައި ފުލުހަކަށް އަނިޔާކޮށް ޒަޚަމްކޮށްލައިފިޚަބަރު | 4 ގަޑިއިރު ކުރިންއަލިފާނުގެ ހާދިސާއެއްގައި ދިގުރަށުން ފަސް މީހަކު މަރުވެއްޖެޚަބަރު | 4 ގަޑިއިރު ކުރިން