ހޯދަމުންދިޔަ ރ. ވާދޫ މީހާ ފެނިއްޖެ
13 މާރިޗު 2026 - 02:16

ގެއްލިގެން ހޯދަމުން އަންނަ، ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، އޭނާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިން ބުނެފައިވާ ގޮތުގައި، ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

Ad by Hajj Corporation
އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި އާންމުން ވެސް ވަނީ މިމަސައްކަތުގައި ބައިވެރިވެފައެވެ.
ހޯދަމުން ދަނިކޮށް އޭނާ މިހާރު ފެނިފައިވާއިރު އިޤްބާލްގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.


