logo
Bank of Maldives

Bank of Maldives

ޚަބަރު

އަލިފާނުގެ ހާދިސާއެއްގައި ދިގުރަށުން ފަސް މީހަކު މަރުވެއްޖެ

ޒިދާން މުޙައްމަދު
13 މާރިޗު 2026 - 01:13
އަލިފާނުގެ ހާދިސާއެއްގައި ދިގުރަށުން ފަސް މީހަކު މަރުވެއްޖެ

އދ. ދިގުރަށުގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 1:45 ހާއިރު ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި އެ އިދާރާއަށް މިހާދިސާގެ މައުލޫމާތު ރިޕޯޓް ކޮށްފައިވަނީ ރޭ މެންދަމު 2:00 ހާއިރު އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އޭގެތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށެވެ. ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށްވެސް އެ ޚިދުމަތުން ބުންޏެވެ.

އަލިފާނުގެ މިހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ވަނީ ދިގުރަށަށް ފުރާފަ އެވެ. މި ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ.

އެކޮމަޑޭޝަން ބްލޮކްގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައި ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯދަމުންދިޔަ ރ. ވާދޫ މީހާ ފެނިއްޖެޚަބަރު | 8 މިނިޓު ކުރިންހުޅުމާލޭގައި ފުލުހަކަށް އަނިޔާކޮށް ޒަޚަމްކޮށްލައިފިޚަބަރު | ގަޑިއިރެއް ކުރިންއަލިފާނުގެ ހާދިސާއެއްގައި ދިގުރަށުން ފަސް މީހަކު މަރުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންކަނޑުމައްޗަށް ނުކުތް ރ. ވާދޫ މީހަކު ގެއްލިގެން ހޯދަނީޚަބަރު | 7 ގަޑިއިރު ކުރިން