logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މާރިޗު 2026 - 14:19
އައްޑޫގައި  ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް ބިދޭސީއަކު މިއަދު ފެނިއްޖެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު، 13 މާރިޗު 2026 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 16:41 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެކެވެ. ނަމަވެސް، އެއީ ކޮން ޤައުމެއްގެ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިން އޭޕްރީލް މަހުގެ ފަހު ހަފްތާގައި 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިޚަބަރު | 8 ގަޑިއިރު ކުރިންޖަލަށް ފޯނާއި، ޗާޖިން ކޭބަލާއި ކައްޓާ ފަދަތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންތ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދައިފިޚަބަރު | 3 ދުވަސް ކުރިން