logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަލަށް ފޯނާއި، ޗާޖިން ކޭބަލާއި ކައްޓާ ފަދަތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޖަލަށް މަނާތަކެތި އެތެރެެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް
ޖަލަށް މަނާތަކެތި އެތެރެެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް

ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާ ތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން މި މެއި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާ ތަކެތި ވަނީ ފެނިފައެވެ. އޭނާގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ބައެއް ތަކެތި ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ތަކެތި ޖަލަށް އެތެރެކުރަން އުޅުނު މަގުސަދާއި، މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖަލުތަކަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ފާސްކުރުމުގެ އޮޕަރޭޝަންތައް އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަލަށް ފޯނާއި، ޗާޖިން ކޭބަލާއި ކައްޓާ ފަދަތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންތ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދައިފިޚަބަރު | ދުވަހެއް ކުރިންޑްރަގް މައްސަލާގައި ނ.އަތޮޅު ރިސޯޓަކުންނާއި މާފަރުން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން