logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާ
1 މޭ 2026 - 11:24
ކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފި

ކުރިމަތިފަރާތުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި ދިވެހި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު، 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓު އަމުރުގައިވާ ގޮތުން، މި އަންހެންމީހާ އެކްސްރޭކޮށް ބެލިބެލުމުން އޭނާގެ ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ ކޮކޭން ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އޭނާ ލައިގެން ހުރި ޖީންސާއި ހަށިގަނޑާ ދޭތެރޭގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއް ފުލުހުން ވަނީ ހޯދާފައެވެ. އެ ކޮތަޅުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނުގައި 31 ގްރާމް ހުރި ކަމަށް ފުލުހުންގެ ތަހުގީގުން ދައްކައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީޚަބަރު | 3 ގަޑިއިރު ކުރިންކިނބިދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 2 ދުވަސް ކުރިންދުވާފާރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 3 ދުވަސް ކުރިން