logo
Bank of Maldives

Bank of Maldives

ޚަބަރު

ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީ

ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީ

ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ފޯކައިދޫގައި ފުލުހެއްގެ ސައިކަލެއް ރޯކޮށްލި މައްސަލައެއް ބަލަމުންދާ ކަމަށާއި، މި އަމަލު ހިންގި ފަރާތް ހޯދާ ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 27ވަނަ ދުވަހު ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ޢަމަލަކީ ފުލުސް އޮފިސަރަށް އަމާޒު ކޮށްގެން ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމަށެވެ.

މި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާއިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައިވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އަމަލު ހިންގި ފަރާތް ހޯދާ، ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ޤާނޫނު ތަންފީޒު ކުރާ މުއައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ އެފަދަ ޢަމަލުތައް ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ޤަބޫލުކުރާ ކަމަށެވެ.

ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ ޢަމަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންނަށް އަނިޔާ ކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު ފަސްޖެހުމެއްނެތި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީޚަބަރު | 2 ގަޑިއިރު ކުރިންކިނބިދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 2 ދުވަސް ކުރިންދުވާފާރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 3 ދުވަސް ކުރިން