އޭޕްރީލް މަހުގެ ފަހު ހަފްތާގައި 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފި
5 މޭ 2026 - 06:06

ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ގެއްލިގެން ރިޕޯޓްކޮށްފައިވާ ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ނަގުދު ފައިސާ، އޭޕްރީލް މަހުގެ ފަހު ހަފްތާގެ ތެރޭގައި ފުލުހުން ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 26 އޭޕްރީލް އިން 2 މެއި 2024 އާ ހަމައަށް މާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކުން ކުރި މަސައްކަތުން ޖުމްލަ 559،879 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދާފައެވެ.

Ad by Hajj Corporation
މި ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން 278,910 ރުފިޔާ ހޯދާފައިވާއިރު، މާފަންނު ޕޮލިހުން ވަނީ 184,800 ރުފިޔާ ހޯދާފައެވެ. މީގެ އިތުރުން ހެންވޭރު ޕޮލިހުން 94,169 ރުފިޔާ ހޯދާފައިވާއިރު، ވިލިމާލޭ ޕޮލިހުން ވަނީ 2,000 ރުފިޔާ ހޯދާފައެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އަނބުރާ ހޯދިފައިވާ ފައިސާގެ ޖުމްލަ އަދަދު ކަނޑައަޅާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން އަތުލައިގަނެވުނު ނަގުދު ފައިސާގެ އިތުރުން، އެ މައްސަލަތަކާ ގުޅުންހުރި އެހެނިހެން ތަކެތީގެ އަންދާޒާ ކުރެވޭ އަގު ވެސް ހިމަނައިގެންނެވެ.
މާލެ ސަރަހައްދުގައި ކުށްމަދުކުރުމަށާއި، ރައްޔިތުންގެ މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ފުލުހުން އަންނަނީ ހާއްސަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


