ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީ
ޒިދާން މުޙައްމަދު
5 މޭ 2026 - 11:24

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މީހާއަކީ ހޭންވޭރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.

Ad by Hajj Corporation
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހޭންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.


