logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތައް ރަޖިސްޓަރީކުރާކަން، އެމްބަސީތައް މެދުވެރިކޮށް ކަށަވަރުކުރާނަން: ހޯމް މިނިސްޓަރ

ޝަހްޒާ މުހައްމަދު
19 ޖޫން 2025 - 04:50
ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތައް ރަޖިސްޓަރީކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރު

ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކަކީ ރަޖިސްޓަރީކޮށްގެން ހިންގާ އެޖެންސީތަކެއްކަން ކަށަވަރުކުރުމަށް އެމްބަސީތައް މެދުވެރިކޮށް ބަލާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކަކީ ކޮބައިތޯ ބަލައި، އެ އެޖެންސީތަކަކީ ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަންކަން ކަށަވަރުކުރާނެ ކަމަށެވެ. އަދި މި އެޖެންސީތައް ރާއްޖޭގެ ސިސްޓަމްގައިވެސް ރަޖިސްޓަރީކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅެކެވެ. ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ ކުރަނގީ އޮޕަރޭޝަންހެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ގައި ފެށުމަށް ނިންމާފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެމަސައްކަތުގެ ތެރެއިން މިހާތަނަށް 151،694 މީހުންގެ ބަޔޯމެޓްރިކްސް ނަގައި، މަޢުލޫމާތު އެއްކޮށްފައިވާއިރު، ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި 7549 ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުރެވުނު އަނެއް އެންމެ ބޮޑު އެއް މަސައްކަތަކީ، ދަޢުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މިހާތަނަށް ބިދޭސީންނާ ގުޅޭ އެކިއެކި ފީތަކުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް ހޯދާފައިއިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ބިދޭސިން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމުވެސް ހަރުދަނާކުރާނެކަމަށެވެ. މިކަން ކުރާނީ މަސައްކަތަށް ބިދޭސީން ގެންނަ ޤައުމުތަކާ ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ބިދޭސީން ގެނައުމަށްފަހު، އެމީހުންލައްވަ މަސައްކަތްކުރުވަނީވެސް ގަވައިދާ އެއްގޮތަށްތޯ ބަލާނެކަމަށެވެ. އެގޮތުން އެންގުމެއްނެތި ރެއިޑްތައް ހިންގުމާއި މަސައްކަތު ސައިޓްތައްވެސް މޮނިޓަރކުރާނެކަމަށް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރު އިހްސާންގެ މެސެޖެއް ރައީސް ޔާމީނަށް: މި ދައުރުގައި ފުލުހުންގެ މުއައްސަސާވާނީ ޔާމީން ވެސް ފަހުރުވެރިވާ ތަނަކަށްޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް ހަމްދަރުދީއެއް ނޯންނާނެ: ވަޒީރު އިހްސާންޚަބަރު | 3 ދުވަސް ކުރިންބިދޭސީންގެ މައްސަލަ: މިއަދުވެސް ތިން މީހަކު ހައްޔަރުކޮށްފިރިޕޯޓް | 5 ދުވަސް ކުރިންތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ: ވަޒީރުޚަބަރު | 5 ދުވަސް ކުރިން