logo
MPL

MPL

ޚަބަރު

ޕެރޯލް ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެންނަނީ

އަޙުމަދު ރިޝާން
6 އޮކްޓޯބަރު 2026 - 13:17
ޕެރޯލް ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެންނަނީ

 ދިވެހިރާއްޖޭގެ ޕެރޯލް ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޖަލުތަކާއި ޕެރޯލްގެ ގާނޫނަކީ 2013 ވަނަ އަހަރު އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ. އަދި އޭގެ ފަހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުފަދަ ގާނޫނުތަކަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް ޕެރޯލް ގާނޫނުވެސް ބަދަލުކުރަންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ގާނޫނަށް ގެންނަ އިސްލާހުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި އިސްލާހުތައް ގެނައުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުން ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނުކުތުމުގެ ފުރުސަތު ލިބުން ހުއްޓުވުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވެވި އެވެ.. ޕެރޯލް ގާނޫނުގައި އިޖުރާޢަތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާއިރު، ރައްޔިތުންގެ ސަލާމަތް ކޮމްޕްރޮމައިޒްވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި މިފަދަ ކަންކަމުގައި އެއްވެސް ކަހަލަ ޝޯޓްކަޓެއް ނުނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 ރާއްޖޭގައި ޕެރޯލްގެ ކަންކަން ހިންގަނީ ޤާނޫނު ނަންބަރު 14/2013 (ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުންނެވެ. މި ނިޒާމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ، އަޚުލާޤު ރަނގަޅު މީހުންނަށް ހުކުމުގެ ބާކީބައި ޚާއްޞަ ޝަރުތުތަކަކާއެކު މުޖުތަމަޢުގައި ހުރެގެން ތަންފީޒުކުރުމުގެ ފުރުސަތު ދެވެއެވެ. މިފަދަ ނިންމުންތައް ނިންމަނީ ޕެރޯލް ބޯޑުން ކަމަށްވާއިރު، ކަނޑައެޅިފައިވާ ޝަރުތުތަކާ ހިލާފުވެއްޖެނަމަ ނުވަތަ އިތުރު ކުށެއް ކޮށްފިނަމަ ޕެރޯލް ބާތިލުކޮށް އަލުން ޖަލަށް ބަދަލުކުރާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެރޯލް ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން މިހާރު އެނގޭނެ: އިހްސާންޚަބަރު | 9 ދުވަސް ކުރިންވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއްޚަބަރު | 14 ދުވަސް ކުރިންދިވެއްސެއްގެ ނިވާފަތްގަނޑުގައި ބިދޭސީން ޑޮލަރު މާރުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅަނީޚަބަރު | 22 ދުވަސް ކުރިން