logo
MPL

MPL

ޚަބަރު

ދިވެއްސެއްގެ ނިވާފަތްގަނޑުގައި ބިދޭސީން ޑޮލަރު މާރުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ސެޕްޓެމްބަރު 2026 - 10:18
ދިވެއްސެއްގެ ނިވާފަތްގަނޑުގައި ބިދޭސީން ޑޮލަރު މާރުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅަނީ

ދިވެއްސެއްގެ ނިވާފަތްގަނޑުގައި ތިބެ ބިދޭސީން ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަޙްޤީޤަށް ހާމަވެއްޖެނަމަ، އެކަމުގައި ބައިވެރިވާ ދިވެހި މީހާއަށްވެސް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެންޝަނަށް ގެންދިއުމުން އެމީހުން ބަލައި ދިވެހިން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބިދޭސީން ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލުމަށްފަހު އެމީހުން ކުރާ ކަންތައްތައް ނުބަލައި، ޤާނޫނު ތަންފީޒުކުރަން ފެށުމުން އެމީހުން ބަލައި އައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް އެމީހަކު ގެނައި ދިވެހި މީހާ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ "މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާ އެކު ނޫން. އެކަމުގެ ޒިންމާ އެބަޖެހޭ ގެންނަ މީހާ ޒިންމާވެސް ނަގަންޖެހޭ" ކަމަށެވެ.

މީގެއިތުރުން، ބައެއް ކަންމަތީ ފިހާރަތަކަކީ ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ހަދައިގެން ބިދޭސީން ހިންގަމުންދާ ތަންތަންކަން ފާހަގަކުރެވިފައިވާ ކަމަށާއި މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދެއްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުސާރަ ލިބުމުން ދިވެހި ވިޔަފާރިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ކޮންމެ ދުވަހަކު ޑޮލަރު ބަދަލުކުރުމަށްފަހު އެ ޑޮލަރުތައް އެއްކޮށްގެން ރާއްޖެއިން ބޭރަށް ސްމަގްލް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ބޮޑެތި އަދަދުތަކުން ޓީޓީ ހައްދާ ބައެއް ފަރާތްތަކުން އޭގެ ނަހަމަ ބޭނުން ހިފަމުންދާ މައްސަލަވެސް ތަޙްޤީޤުކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ޖޮބް ވިޔަފާރި ކުރުމަށާއި ބިދޭސީންގެ މުސާރައިގެ ކަންކަމުގައި އެ ރޫޓް ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަންކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | 23 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންޕެރޯލް ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | މަހެއް ކުރިންރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން މިހާރު އެނގޭނެ: އިހްސާންޚަބަރު | މަހެއް ކުރިން