logo
Bank of Maldives

Bank of Maldives

ޚަބަރު

ދ.އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އާރުޑީސީއަށް

އަޙްމަދު ޒަލީފް
23 ފެބްރުއަރީ 2025 - 12:11
ދ.އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އާރުޑީސީއަށް

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މިހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދ.އަތޮޅު ހޮސްޕިޓަލް ހުންނަ ކުޑަހުވަދޫއަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވާތީ، އިމަރޖެންސީ ހާލަތްތަކުގައި ކޭޓަރކުރެވޭނެ އިމަރޖެންސީ އީއާރެއް ޤާއިމްކުރެވޭނެ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ހޮސްޕިޓަލަކީ ކޯވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމަނައިގެން ހެދޭ ހޮސްޕިޓަލެއް ކަަމަށާއި އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަންއާއި މެޑިކަލް އެއަރ އަދި ސަކްޝަން އަޅާފައިވާނެ ކަމަށްވެސް އެވިޒާރާއިން މަޢުލޫމާތުދެއްވައެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތަކީ މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމަނައިގެން ހަދާ ހޮސްޕިޓަލެކެވެ.

އަދި މިހޮސްޕިޓަލްގައި ސްޓާފުންނަށް ތަމްރީން ދިނުމަށް ބޭނުންވާނެ ފެސިލިޓީއެއްގެ އިތުރުން މި ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީވެސް މިހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެކަމަށް ސިްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

181 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މިހޮސްޕިޓަލުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.

މި އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެއެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތައް ލިބޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރުޑީސީގެ ޗެއާޕާސަންގެ މަޤާމަށް ޝާމީ ޚަބަރު | މަހެއް ކުރިންކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރަން އާރުޑީސީއަށް ޚަބަރު | 2 މަސް ކުރިންސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްމަޤާމްތަކަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިންކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީ އަށްޚަބަރު | 6 މަސް ކުރިން