logo
Bank of Maldives

Bank of Maldives

ޚަބަރު

އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް، ކުންފުނީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ނޮވެމްބަރު 2025 - 01:40
އާރުޑީސީގެ އައު ލޯގޯ، ފޮޓޯ: ޕީއެސްއެމް
އާރުޑީސީގެ އައު ލޯގޯ، ފޮޓޯ: ޕީއެސްއެމް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެ ކުންފުނީގެ ލޯގޯ ރީބްރޭންޑްކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އާ ލޯގޯ އިފްތިތާހްކޮށްދެއްވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާރްޑީސީގެ 6 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ވަނީ، ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އާރްޑީސީގެ މުހިންމު ދައުރު ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އާރްޑީސީގެ ޚިދުމަތް މިހާރު މުޅި ޤައުމުގެ އެންމެ އުތުރުން ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ފުޅާވެފައިވާ ކަމަށެވެ.

''ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި މި ކުންފުނިން ކުރަމުން މިދަނީ ވަރަށް ބުރަ މަސައްކަތެއް." ވަޒީރު އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އެކުންފުންޏަކީ ރައްޔިތުންނާ ގުޅުންހުރި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދެވޭ އަދި އަރަނިވެރި ކުންފުންޏަކަށް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެހެންކަމުން އެކުންފުންޏަކީ މިހާރު ހިންގާ މަޝްރޫޢުތަކަށްވުރެ ސްކޯޕް ބޮޑެތި މަޝްރޫޢުތައްވެސް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏަކަށް ހެދުމަކީ އަމާޒެއްކަމަށް ނަޒީމް ވިދާޅުވިއެވެ.

ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އާރްޑީސީ އުފައްދާފައިވަނީ މީގެ 6 އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

މަގު ހެދުމާއި، ދާލަންތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ހައިވޭތަކާއި ކޯޒްވޭތައް ހެދުމުގެ އިތުރުން، އިމާރާތްކުރުމާއި އިމާރާތްކުރާ ސާމާނު ފޯރުކޮށްދިނުމުގައި އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް، ކުންފުނީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިޚަބަރު | 29 މިނިޓު ކުރިންށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | މަހެއް ކުރިންއާރުޑީސީގެ ޗެއާޕާސަންގެ މަޤާމަށް ޝާމީ ޚަބަރު | 3 މަސް ކުރިންކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރަން އާރުޑީސީއަށް ޚަބަރު | 4 މަސް ކުރިން