ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
16 ފެބްރުއަރީ 2026 - 12:19

ޢަމަލީ މަސައްކަތް އަންނަ ހަފުތާގައި އަމަލީ މަސައްކަތް ފަށާ ގޮތަށް، ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާގު ހަލީމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.
މި މަސައްކަތުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރަން ހަމަޖެހިފައިވެއެވެ. މީގެތެރެއިން 4 އެނދު މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު، އެޗްޑީޔޫއަށް އިތުރުކުރެވޭއިރު ޖެނެރަލް ވޯޑަށް 15 އެނދު އަދި ކުޑަކުދިންގެ ވޯޑަށް 9 އެނދު އިތުރުކުރެވޭނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި މިހާރު ހުރީ 6 އެނދެވެ. މިމަސައްކަތް ނިމޭއިރު ކުޑަކުދިންގެ ވޯޑުގައި ޖުމްލަ 15 އެނދު އަދި ޖެނެރަލް ވޯޑުގައި 27 އެނދު ހުންނާނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.
އާރްޑީސީގެ އަމާޒަކީ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލުމެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެނދުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުންކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

Ad by Hajj Corporation


