logo
MPL

MPL

ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލްގައި އި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ފަށައިފި

އަޙުމަދު ރިޝާން
29 އޯގަސްޓު 2026 - 10:10
ހުޅުމާލޭ ހޮސްޕިޓަލްގައި އި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތްތައް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

މި ޚިދުމަތްތައް ތައާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮންނަ ބާރު ކުޑަކޮށް، ވެއިޓްލިސްޓް ދިގުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމާއެކު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ މީހުން މަދުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ނިއުރޮލޮޖީގެ ޚިދުމަތުގެ ދަށުން ކޮންސަލްޓޭޝަންގެ އިތުރުން ކޮންމެ ދުވަހަކުވެސް އީއީޖީގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި ޔޫރޮލަޖީން ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓުތައް ހެދޭނެއެވެ. މީގެއިތުރުން ގެސްޓްރޯއެންޓޮލަޖީގެ ކޮންސަލްޓޭޝަން ޚިދުމަތް ފަށާފައިވާއިރު، ކައިރި މުސްތަޤުބަލެއްގައި އެންޑޮސްކޮޕީ އަދި ކޮލޮނޮސްކޮޕީގެ ޚިދުމަތްތައްވެސް ތައާރަފްކުރުމަށް ވަނީ ރާވާފައެވެ.

 ޖާގައިގެ ދަތިކަން ހައްލުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަތަރު އޮޕަރޭޓިން ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި، ދިހަ އެނދުގެ އައިސީޔޫއެއްގެ އިތުރުން 14 އެނދުގެ އެންއައިސީޔޫއެއް ވަނީ ތަރައްޤީކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ސްޕެޝަލިސްޓް ޚިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމުކޮށް، ރައްޔިތުންނަށް ވީހާވެސް ލުއිފަސޭހަގޮތްތަކެއް ހޯދައިދިނުމެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ހޯދުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ހޮސްޕިޓަލްގައި އި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ފަށައިފިޚަބަރު | 25 މިނިޓު ކުރިންހުޅުމާލޭ ހޮސްޕިޓަލް އައު ހަރުފަތަކަށް، އައުޓް- ޕޭޝަންޓް ނާސިން ހިދުމަތް ތައާރަފުކޮށްފިޚަބަރު | 2 މަސް ކުރިންޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިޚަބަރު | 3 މަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފިޚަބަރު | 6 މަސް ކުރިން