logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

އައިޝަތު ނަޝާ
11 ޖޫން 2026 - 09:32
ޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ހައްޖުވެރިންނަށް ޚާއްސަކޮށް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ފްލޫކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

ކުރިން މި ފްލޫ ކްލިނިކުން ޚިދުމަތް ދެމުން ދިޔައީ މެންދުރު ފަހު 14:00 އިން ރޭގަނޑު 22:00 އާއި ހަމަޔަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ޚިދުމަތް ހޯދާ މީހުންގެ އަދަދަށް ބަލައި މިހާރު އެކުލިނިކުންދޭ ޚިދުމަތް ހެނދުނު 10:00 އިން ރޭގަނޑު 10:00 އާއި ހަމަޔަށް ލިބޭނެ ކަމަށެވެ. އެ ހޮސްޕިޓަލުގައި މި ފްލޫކްލިނިކް ހުންނަނީ މައި ކައުންޓަރު ކަރިން ވާތް ފަޅީގައެވެ.

ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން އަންނަމީހުންގެ އަދަދު އިތުރުވަމުންދާކަމަށާއި، އިއްޔެގެ ވަގުތުތަކުގައިވެސް ޑޮކްޓަރަށް ދެއްކުމަށް ކިޔުގައި މީހުން ތިބޭ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޚިދުމަތްހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ވަގުތު އިތުރުކުރީކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހައްޖުވެރިން ހައްޖުން އައުމުގެ ކުރިޔަށް ހައްޖުވެރިންނަށް އެ ހޮސްޕިޓަލުން ފަސޭހައިން ޚިދުމަތްތައް ދިނުމަށް ތައްޔާރީތައް ވެފައެވެ.

ހައްޖާޖީން މި ފްލޫ ކްލިނިކުން ޚިދުމަތް ހޯދަން އަންނަ އިރު މާސްކު އެޅުމާ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ކަންތައްތަކަށް ސަމާލުކަން ދިނުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުންއިތުރަށް ބުނީ ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކާ ދެވޭ ފަރުވާތަކާ ސިއްހީ އިރުޝާދު ހޯދެއްވުމަށް 1417 ހޮޓްލައިންއަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ހޮސްޕިޓަލް އައު ހަރުފަތަކަށް، އައުޓް- ޕޭޝަންޓް ނާސިން ހިދުމަތް ތައާރަފުކޮށްފިޚަބަރު | މަހެއް ކުރިންޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިޚަބަރު | 2 މަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފިޚަބަރު | 6 މަސް ކުރިންއަމާން އުދަރެހުގައި ޖީޕީ ކްލިނިކެއް ތަރައްގީކުރަނީ ޚަބަރު | 8 މަސް ކުރިން