logo
MPL

MPL

ޚަބަރު

މަސްވެރި އަލިބެ ކުއްލިގޮތަކަށް ނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖެނުއަރީ 2026 - 18:05
މަސްވެރި އަލިބެ
މަސްވެރި އަލިބެ

ސޯޝަލް މީޑިއާގައި މަޝްހޫރުވި ގއ. ވިލިނގިލި، ޕިންކްރޯސް، އަލީ ރަޝީދު (މަސްވެރި އަލިބެ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އޭނާ ނިޔާވިއިރު މަސައްކަތް ކުރަމުން ދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ގއ. ވިލިނގިލީ ސައިޓުގެ މުވައްޒަފެއްގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލީ ރަޝީދުގެ ވަކިވުމާ ގުޅިގެން އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ނިޔާވުމަކީ އެ ކޯޕަރޭޝަނަށާއި، ވަކިން ހާއްސަކޮށް ވިލިނގިލީ ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ލިބުނު ނުހަނު ފުން ހިތާމައެއް ކަމަށެވެ.

އާރުޑީސީން އޭނާ ސިފަކޮށްފައިވަނީ އެކުގައި މަސައްކަތްކުރި އެންމެނާ ގުޅޭ، އެކުވެރި އަދި މަސައްކަތްތެރި މުވައްޒަފެއްގެ ގޮތުގައެވެ.

މި ހިތާމަވެރި ވަގުތުގައި އާރުޑީސީން ވަނީ މަރުޙޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާކޮށި ކައިރީގައި ފުޓްސަލް ދަނޑެއް އެޅުމަށާއި ތިމަރަފުށީ ފިޓްނަސް ސެންޓަރު މަރާމާތުކުރަން އާރުޑީސީ އަށްވިޔަފާރި | މަހެއް ކުރިންހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފިޚަބަރު | 8 މަސް ކުރިންމަސްވެރި އަލިބެ ކުއްލިގޮތަކަށް ނިޔާވެއްޖެޚަބަރު | 9 މަސް ކުރިންއާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް، ކުންފުނީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިޚަބަރު | އަހަރެއް ކުރިން