logoEN
ޚަބަރު

މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިން އިން ފެތުރީ ދޮގު ޚަބަރެއް: ތަރުޖަމާނު

ފޮޓޯ--/ ހީނާ ވަލީދު- ރައީސް އޮފީހުގެ ތަރުޖަމާނު

ފޮޓޯ--/ ހީނާ ވަލީދު- ރައީސް އޮފީހުގެ ތަރުޖަމާނު

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން

11 ސެޕްޓެމްބަރު 2024 - 13:40

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ހީނާ މިފަދައިން ވިދާޅުވީ އަދަދު ނޫހުން ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 75000 ރުފިޔާ ދިިން ކަމަށް ބުނެ އާއްމުކޮށްފައިވާ ޚަބަރެއް ދޮގުކުރައްވަމުންނެވެ. މިޙަބަރުގައި ވާގޮތުން މި ފައިސާއާއި ހަވާލުވާން މެމްބަރުން ދިޔައީ ޕީއެންސީ އޮފީހަށް ކަމަށާއި އަދި ފައިސާ އުފުލީ ކަޅު ދަބަސްތަކެއްގައި ކަމަށެވެ.

ނަމަވެސް ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ ވަޑައިގަތުމަށް ދިވެހި ރައްޔިތުންގެ އަރިހުން ހީނާ ވަނީ އެދިލައްވާފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder