ޚަބަރު
އާމިނަތު ސަފާ



ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު އޮންނާނެ

ރައީސް އޮފީސް// ފޮޓޯ: އައްޑޫ ލައިވް

03 އޮކްޓޯބަރު 2024 - 10:42
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ހެނދުނު އޮންނާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ ހޮނިހިރުދުވަހުގެ ހެނދުނު 9:00 ދަރުބާރުގޭގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާނެއެވެ.
މި ޖަލްސާގައި އޮންނާނެ އެންމެ ޚާއްޞަ އެއްކަމަކީ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުމެވެ. އެގޮތުން މި ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެއެވެ.
އިތުރު ލިޔުންތައް

މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިން އިން ފެތުރީ ދޮގު ޚަބަރެއް: ތަރުޖަމާނު
7 މަސް ކުރިން
ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފި
6 މަސް ކުރިން
މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިމިވަނީ ރައީސްގެ މަސައްކަތްޕުޅުން: މިނިސްޓަރ މާރިޔާ
6 މަސް ކުރިން