logo
Bank of Maldives

Bank of Maldives

ޚަބަރު

މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިމިވަނީ ރައީސްގެ މަސައްކަތްޕުޅުން: މިނިސްޓަރ މާރިޔާ

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2024 - 03:38
މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ// ފޮޓޯ: އާމިނަތު ޝަފާ// މެންދުރު އޮންލައިން
މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ// ފޮޓޯ: އާމިނަތު ޝަފާ// މެންދުރު އޮންލައިން

މިއަދު ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތައުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން އެމަނިކުފާނުގެ މިންނެތް މަސައްކަތްޕުޅުންކަމަށް މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެންވިދާޅުވީ ތުރުކީއިން ރާއްޖެއަށް ފަހިކޮށްދީފައިވާ ސްކޮލަޝިޕްގެ ފުރުސަތުގައި މިހާތަނަށް ހޮވުނު 14 ދަރިވަރުންނަށް ބޭއްވި ޚާއްޞަ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ރިޔާސަތާ ޙަވާލުވެ ވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ، ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހިންނަށް އެކި ދާއިރާތަކުން މަތީތައުލީމް ހާސިލްކުރުމަށް ސްކޮލަރޝިޕްތަކުގެ ފުރުޞަތު ހޯއްދަވައި ދެއްވައި ތުރުކީ އާއި އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނާއި ދެ ޤައުމުގެ ގުޅުންއިތުރަށް ބަދަހިކުރައްވައި، ދިވެހި ދަރިވަރުންނަށް، ތަޢުލީމީ އިތުރު ފުރުޞަތުތަކަށް މަގުފަހިކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިންނެތް މަސައްކަތްޕުޅުންކަމަށެވެ.

ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން. އެ މަނިކުފާނު ރާއްޖޭގެ ރިޔާސަތާ ޙަވާލުވެ ވަޑައިގަތުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ޙައިޞިއްޔަތުން އެންމެ ފުރަތަމަ، ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ސްކޮލަރޝިޕްތަކުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހޯއްދަވައި ދެއްވީ. ތުރުކީ އާއި އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ދަރިވަރުންނަށް، ތަޢުލީމީ އިތުރު ފުރުޞަތުތަކަށް މަގުފަހިކޮށްދެއްވީ އެ ދަތުރުފުޅުގައި. މި ސްކޮލަރޝިޕްތައް ޙަޤީޤަތަކަށް ވެގެން މި ދަނީ، އޮޅުމެއްނެތް ގޮތުގައި، އެމަނިކުފާނުގެ ހިތްވަރުފުޅާއި މަސައްކަތްޕުޅުގެ ސަބަބުންކަން ފާހަގަކުރަން. އެހެންކަމުން، އެ މަނިކުފާނަށް އައްސަރި ބަހާއި ސާބަސް ދަންނަވައި،ޝުކުރުގެ ޖިޒީއެއް އަރިސްކުރަން. ޝުކުރިއްޔާ ރައީސް!.

އެކަމަނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކޮށްޓަވައިދެއްވި، އިސްވެ ދެންނެވި މަގުން އަޅުގަނޑުމެން ހިގައި، މިހާތަނަށް މި އާދެވުނީ، މި ކަމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ޝާމިލުވުންވެސް ހިމެނިގެންކަމަށެވެ. އެގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި، އެ މިނިސްޓްރީގެ އެކި ފެންވަރުގެ އެކިއެކި ބޭފުޅުން، ތުރުކީވިލާތުގައި ޤާއިމުވެ ހުންނަވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމަނިކުފާނުގެ މިޝަންގެ މުވައްޒަފުން، ސްރީލަންކާގައި ހުންނަ، ތުރުކީވިލާތުގެ އެމްބަސީ، ތުރުކީގެ ހަޔަރ އެޑިޔުކޭޝަން ކައުންސިލް، އަދި އެ ޤައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމާއި، އެ މިނިސްޓްރީގެ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިޔުނިޓީސް ޑިޕާރޓްމަންޓް. މިއިން ކޮންމެ ފަރާތަކަށްވެސް ހިތުގައި އޮތީ ޝުކުރުވެރިކަންކަމަށެވެ.

އޭގެ އިތުރުންވެސް އިސްވެ ދެންނެވި ފަދަ ކިތަންމެ ފަރާތެއްގެ އެހީތެރިކަމާއެކު، ކަންކަން ހިންގަމުން، މި ދިޔައީ މި މިނިސްޓްރީގެ ހަޔަރ އެޑިޔުކޭޝަން ފެސިލިޓޭޓިންގ ޑިޕާޓްމަންޓްގެ ސްކޮލަރޝިޕް ސެކްޝަނާއި، އިންޓަނޭޝަނަލް ރިލޭޝަންސް ސެކްޝަނާއި އެހެނިހެން ސެކްޝަންތަކުގެ މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމަށާއި އެހެންކަމުން، އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަތް ބޭފުޅުންނާއި އެހީތެރިކަން ފޯރުވައިދެއްވި އެންމެހާ ބޭފުންނަށް، ޖުމުލަކޮށް، އެކަމަނާވަނީ ޝުކުރު ދަންނަވާފައެވެ.

ދިވެހިންނަށް ކުރިޔަށްދެވޭނެ ފުރުސަތުތައް ފުޅާކުރުމުގެ ގޮތުން ޙާއްސަ ފަންނުތަކުން ދިވެހީންނަށް ކުރިޔަށް ދެވޭނެ އިންތިޒާމް ހަމަޖައްސައި ޤައުމީ ތަރައްޤީގައި ދިވެހިން ޝާމިލްވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 2 މަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 މަސް ކުރިންކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސްޚަބަރު | 4 މަސް ކުރިންރައީސްގެ ދެ ކަނބަލުން، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިން