logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
17 އޯގަސްޓު 2025 - 12:29
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ޕާކިސްތާނަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ހިނގި ފެންބޮޑުވުންތަކުގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތާމަ ފާޅުކުރައްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ހިތާމަވެރި ހާދިސާގައި މަރުވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށާއި، މި ކާރިސާގެ ސަބަބުން ގެއްލުން ލިބިފައިވާ އެންމެހާ ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ދަނޑިވަޅުގައި، ރާއްޖޭގެ އެކުވެރި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ ވާނެކަން ދިވެހި ސަރުކާރުން ޔަގީންކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން، އެ ޤައުމުގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެ ކާރިސާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ ދެ މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެ ދުނިޔެ | މަހެއް ކުރިންމަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 2 މަސް ކުރިންާޕާކިސްތާނުގައި ފެންބޮޑުވުން: 377 މީހުން މަރުވެއްޖެ ޚަބަރު | 2 މަސް ކުރިންޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގައި 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެޚަބަރު | 2 މަސް ކުރިން