logo
Bank of Maldives

Bank of Maldives

ދުނިޔެ

ޕާކިސްތާނުގެ ދެ މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެ

އަޙްމަދު ޒަލީފް
1 ސެޕްޓެމްބަރު 2025 - 12:35
ޕާކިސްތާނުގެ ދެ މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެ

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގެ ތާރީޚުގައި ވެސް ފެން ބޮޑުނުވާ ވަރަށް އެ ޕްރޮވިންސުގައި ފެންބޮޑުވެ، ދެ މިލިއަނަށްވުރެ ގިނަ މީހުން ޙާލުގައި ޖެހިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ފަންޖާބުގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އާދަޔާޚިލާފަށް ގިނައިން ވާރޭ ވެހިފައެވެ. އޭގެ އިތުރުން، އަވަށްޓެރި އިންޑިޔާގެ ކޯރުތައް ފުރުމުން ޕާކިސްތާނަށް އެ ފެންތައް އޮހޭނޭހެން އެ ޤައުމުން ވަނީ ކޯރުތަކުގެ ފެންގަނޑު ދޫކޮށްލައިފައެވެ. އޭގެ ސަބަބުން ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކިސްތާނަށް ކުރާ މޫސުމީ ވިއްސާރަ ޖައްވު ހޫނުވުމާ ގުޅިގެން މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި ޕާކިސްތާނަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކަށް ހުށަހެޅިފައިވާ އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 

download.jpg

އައުރަންގްޒެބް އިތުރަށް ވިދާޅުވީ އިންޑިޔާއިން ޕާކިސްތާނަށް އޮހޭ ގޮތަށް ޑޭމްތައް ހުޅުވުމާ ގުޅޭގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން މަޢުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އެ ކަމާ ގުޅޭގޮތުން އިންޑިޔާއިން އަދި އެއްޗެއްް ބުނެފައެއް ނުވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި އިންޑިޔާއިން ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ފެންގަނޑު ދަތުރުކޮށް ޕާކިސްތާނުގައި ފެން ބޮޑުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ގާތްގަނޑަކަށް 150 މިލިއަން މީހުން ދިރިއުޅޭ ޕަންޖާބަކީ ޕާކިސްތާނުގެ ދަނޑުވެރިކަމުގެ ދާއިރާއަށް މުހިންމު ޕްރޮވިންސެކެވެ. ޕާކިސްތާނުގައި އުފައްދާ ގޮދަނުގެ ބޮޑުބައި އުފައްދަނީ ޕަންޖާބުގައެވެ.

2022 ވަނަ އަހަރު ހިނގި ވަރުގަދަ ފެންބޮޑުވުމުގެ ހާދިޘާއެއްގައި ވެސް ޕާކިސްތާނުގެ އިރުމައްޗާއި ދެކުނުގެ ބޮޑެތި ދަނޑުބިންތައް ވަނީ ނެތިގޮސްފައެވެ. އޭގެ ސަބަބުން އެ ޤައުމުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފް ވަނީ އެ އެގައުމަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ ދެ މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެ ދުނިޔެ | 2 މަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވުން: ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާ ބޮޑުވެއްޖެ ޚަބަރު | 2 މަސް ކުރިންާޕާކިސްތާނުގައި ފެންބޮޑުވުން: 377 މީހުން މަރުވެއްޖެ ޚަބަރު | 2 މަސް ކުރިންޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގައި 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެޚަބަރު | 2 މަސް ކުރިން