logo
MPL

MPL

ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވުން: ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާ ބޮޑުވެއްޖެ

އަޙްމަދު ޒަލީފް
23 އޯގަސްޓު 2025 - 11:20
ޕާކިސްތާނުގައި ފެންބޮޑުވުން: ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާ ބޮޑުވެއްޖެ

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެގައުމުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ވިއްސާރައިގެ ސަބަބުން މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮގަސްޓް މަހުގެ ނިޔަލަށް ޕާކިސްތާނަށް ވިއްސާރަ ކުރާނެކަމަށް އެގައުމުގެ ކަމާ ބެހޭ މާހިރުން ލަފާކޮށްފައިވާއިރު، ވިއްސާރާގައި ކޯރުތައް ބަންޑުންވެ ބިންގަނޑުތިރި ހިސާބުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް މަސްތަކުގައި ވެސް ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހޭނެއެވެ. މިކަމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ފެން ބޮޑުވުމާއި ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ

ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިއީ އާންމުގޮތެއްގައި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާ ވިއްސާރައެއްކަމަށެވެ.

އެންޑީއެމްއޭއިން ނެރެފައިވާ އިންޒާރުގައި، ޓޫރިސްޓުންނާއި ރައްޔިތުންވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މި ނުރައްކާތެރި މޫސުމުގައި އާންމުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެދާނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާންގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއް ހަދައިފިޚަބަރު | 10 ދުވަސް ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 15 ދުވަސް ކުރިންރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | 16 ދުވަސް ކުރިންޕާކިސްތާނުގައި ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެދުނިޔެ | 5 މަސް ކުރިން