logo
Bank of Maldives

Bank of Maldives

ޚަބަރު

ރަމަޟާންމަހު އައިޑީކާޑުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް އާންމުކޮށްފި

އާމިނަތު ޝަފާ
24 ފެބްރުއަރީ 2025 - 11:06
ރަމަޟާންމަހު އައިޑީކާޑުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް އާންމުކޮށްފި

ރަމަޟާންމަހު އައިޑީކާޑުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އާންމުކޮށްފިއެވެ.

ޑީއެންއާރުން ވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު އެ ޑިޕާޓްމަންޓުން އާންމު ރައްޔިތުންނަށް ދެމުންދާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވުމާއެކު، އެ ޑިޕާޓްމަންޓުން އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރަމަޟާންމަހު ރަސްމީ ދުވަސްތަކުގައި ނުވަތަ ރަމަޟާންމަހު ރަސްމީ ބަންދު ދުވަސްތަކުގައި ނަންބަރު ދޫކުރާ ގަޑި އާއި ނަންބަރު ދޫކުރާ ޢަދަދުވެސް ވަނީ ޑިއެންއާރުން އާންމުކޮށްފައެވެ.

އެގޮތުން ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން 11:30އަށެވެ. ދޫކުރާނީ 150 ނަންބަރެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ 23، 25 އަދި 27ގައި ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން 11:30އަށެވެ. އަދި މި ދުވަސްތަކުގައިވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ.

ޑީއެންއާރުން ވަނީ އައިޑީކާޑު ޙަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ޙަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއަކާއެކު ފޮނުވުމުން ޙަވާލުކުރެވޭނެ ކަމަށްވެސް ބުނެފައެވެ.

އަދި މީގެ އިތުރުން އިމަރޖެންސީ ހާލަތްތަކުގައި ޑީއެންއާރުގެ ނަންބަރު 7280368އަށް ގުޅައިގެން އައިޑީކާޑުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ގުރައިދޫއާއި ތިމަރަފުށީގައި ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފިޚަބަރު | 4 މަސް ކުރިންރަމަޟާންމަހު އައިޑީކާޑުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް އާންމުކޮށްފިޚަބަރު | 8 މަސް ކުރިން