ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި
27 ޖޫން 2025 - 12:23

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ހިދުމަތް ހއ. ހޯރަފުށީގައި ފަށައިފިއެވެ.
އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށާފައި ވަނީ ހއ. ހޯރަފުށީ ކައުންސިލްގެ އެހީތެރި ކަމާއި އެކުގައި ކަމަަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓެރޭޝަން (ޑީއެންއާރް) އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މިވަގުތު ރާއްޖޭގެ 23 ރަށަކަށް މި ހިދުމަތް ދެމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓެރޭޝަނުން ބުނާއިރު ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ރ. އުނގޫފާރު، ރ. އަލިފުށީގެ އިތުރުން ނ. މަނަދޫ އާއި ކެނދިކުޅުދޫގައި ވެސް މި ހިދުމަތް މި އަހަރު ވަނީ ފަށައިފައެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.


