ފިރިހެން ދަރިވަރަކަށް ގުރޫމް ކުރި އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފި


24 ފެބްރުއަރީ 2025 - 12:14
ސައުތު ޕޮލިސް ސަރަޙައްދުގެ ރަށެއްގައި ގްރޭޑް 8 ގެ ފިރިހެން ދަރިވަރަކަށް ގުރޫމް ކުރި އަންހެން ޓީޗަރެއް ވަޒީފާއިން ވަކިކޮށްފިއެވެ.
މި މައްސަލަ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ފުލުހުން ވަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ކުރިން ބުނެފައެވެ. ނަމަވެސް، މިއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ، ކުއްޖާގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި އަތޮޅުގެ މަޢުލޫމާތު ހާމަނުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ މި މައްސަލަ ބެލުމަށްފަހު، ކަމާގުޅޭ އަންހެން ޓީޗަރު މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މިފަދަ ހާދިސާތަކަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށްވާތީ، ސްކޫލްތަކުގައި މިފަދަ ކަންކަން ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ހާދިސާތައް ހުއްޓުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
އިތުރު ލިޔުންތައް

އޯލެވެލް ގަދަ 10 އެވޯޑަށް ބަދަލު ގެންނާކަށް ނުވިސްނަން: އެޑިއުކޭޝަން
7 މަސް ކުރިން
އޭލެވެލްގެ ޓޮޕް ޓެން ޖަލްސާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި
7 މަސް ކުރިން
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އޮކްޓޯބަރުގައި ފެށޭނެ: މިނިސްޓަރ
7 މަސް ކުރިން